ގިނަ އަދަދެއްގެ ބައިވެރިންނާއެކު ނިންމާލި 21 ވަނަ ސުކޫލު ކުދިންގެ ފެތުމުގެ މުބާރާތް 2025ގެ ސީނިއާ ގުރޫޕްގެ އެއްވަނަ ސީއެޗްއެސްއީ، ހުޅުމާލެ އަދި ޖޫނިއާ ގްރޫޕުގެ އެއްވަނަ ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުން ހޯދައިފިއެވެ.މި މުބާރާތުގެ ސީނިއާ ގުރޫޕުން ފިރިހެން ކެޓަގަރީގެ އެއްވަނަ ސީއެޗްއެސްސީ ހުޅުމާލެ ސުކޫލުން ހޯދިއިރު ދެވަނަ ހޯދީ ކަލާފާނު ސުކޫލުންނެވެ. ތިންވަނަ ހޯދީ ސީއެޗްއެސްއީ މާލެ ސުކޫލުންނެވެ. ޖޫނިއާ ގުރޫޕުން އެއްވަނަ ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުން ހޯދިއިރު ދެވަނަ ހޯދީ އިސްކަންދަރު ސުކޫލުންނެވެ. ތިންވަނަ ހޯދީ ފިންލޭންޑް އިންޓަނޭޝަނަލް ސުކޫލުންނެވެ.ސީނިއާ އޭ ކެޓަގަރީގެ އަންހެން ބައިން އެއްވަނަ ހޯދީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުންނެވެ. ދެވަނަ ހޯދީ އިސްކަންދަރު ސުކޫލުންނެވެ. ތިންވަނަ ހޯދީ ސީއެޗްއެސްސީ މާލެ ސުކޫލުންނެވެ. ސީނިއާ އޭ ކެޓަގަރީގެ ފިރިހެން ފެތުންތެރިންގެ ތެރެއިން އެއްވަނަ ހޯދީ ސީއެޗްއެސްއީ ހުޅުމާލެ ސުކޫލުންނެވެ. ދެވަނަ ކަލާފާނުން ގެންދިޔައިރު ތިންވަނަ ހޯދީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުންނެވެ.ޖޫނިއާ އޭ ކެޓަގަރީގެ ފިރިހެން ފެތުންތެރިންގެ ބައިން އެއްވަނަ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުން ހޯދިއިރު ދެވަނަ ހޯދީ މަޖީދިއްޔާ ސުކޫލުންނެވެ. ތިންވަނަ ހޯދީ ރެހެންދި ސުކޫލުންނެވެ. ޖޫނިއާ އޭ ކެޓަގަރީން އަންހެން ފެތުންތެރިންގެ ބައިން އެއްވަނަ ޣިޔާސުއްދީނު ސުކޫލުން ހޯދިއިރު ދެވަނަ ހޯދީ އިސްކަންދަރު ސުކޫލުންނެވެ. ތިންވަނަ ހޯދީ ޖަމާލުއްދީން ސުކޫލުންނެވެ.